
ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފި
ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ “ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް” އަށް ހޮވުނު ޒުވާން މަސްވެރިންނާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ވަޒީރު ވަނީ ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވަފައެވެ. އަދި ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި މަސްވެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންގެ ފަރާތުން ހީވާގިކަމާއެކު އުނގެނި، ސުވާލުކޮށް، އަމަލީ ތަޖުރިބާ ހޯދައިގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހިއްވަރުދެއްވާފައެވެ. އަދި، މި ޕްރޮގްރާމްގެ ހުރިހާ މަރުޙަލާއެއްގައިވެސް، އެންމެ މަތީ ފަންތީގައި އަޚްލާޤާއި، އިޚްލާޞްތެރިކަމާއި، މަސައްކަތުގެ ސުލޫކު ދެމެހެއްޓުމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ. ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ބައިވެރިން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި “ޖެނެރަލް ނެވިގޭޝަން ކޯސް” ފުރިހަމަކޮށްފައެވެ. މި އިންޓަރންޝިޕް ކުރިއަށްދާނީ، ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ ދޯނިފަހަރުގައެވެ. އެގޮތުން، ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ބައިވެރިން ހާސިލުކުރާނެއެވެ. What’s your Reaction? +1 0 +1 0.
https://mikalnews.com/news/25719/
You may also like
You may be interested
Globe bets on prepaid fiber, sets expansion
No content was provided to convert. Please provide the text...
Bragging rights up as Samal makes 5150 debut
A stellar Open division field will be shooting for the...
DigiPlus launches P1-M surety bond program
MANILA, Philippines — DigiPlus Interactive Corp. has partnered with Philippine...
The New York Times
- Trump Welcomes A.P.’s Photographers. Its Reporters? Not So Much. 2025 年 11 月 24 日 Erik Wemple
- His Right Foot: One Tiny Drawing for Sale, Maybe by Michelangelo 2025 年 11 月 24 日 Scott Reyburn
- Russian Disinformation Comes to Mexico, Seeking to Rupture US Ties 2025 年 11 月 24 日 Maria Abi-Habib
- A Stand Against Coal Could Push Oakland Toward Bankruptcy 2025 年 11 月 24 日 Soumya Karlamangla
- Carville: How About a Sweeping, Aggressive, Unvarnished Platform of Pure Economic Rage 2025 年 11 月 24 日 James Carville
- Why a Man With U.S. Ties Fought for Russia in Ukraine 2025 年 11 月 24 日 Greg Jaffe and Paul Sonne
- America’s Caregivers Are in Crisis 2025 年 11 月 24 日 Michelle Cottle
- Billionaires Have a Bigger Role in Higher Education Under President Trump 2025 年 11 月 24 日 Alan Blinder and Stephanie Saul
- These Hospitals Figured Out How to Slash C-Section Rates 2025 年 11 月 24 日 Sarah Kliff and Bianca Pallaro
- U.S. and Ukraine Expected to Press on With Peace Plan Talks 2025 年 11 月 24 日 Cassandra Vinograd



Leave a Reply