ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފި
ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ “ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް” އަށް ހޮވުނު ޒުވާން މަސްވެރިންނާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ވަޒީރު ވަނީ ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވަފައެވެ. […]






